Al Madhinah Hajj & Umrah

Al Madhinah Hajj & Umrah Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Madhinah Hajj & Umrah, Travel Company, Javaahiru Magu, Male.

Al Madhinah Hajj & Umrah Pvt Ltd guides you to perform Umrah according to Qur’an & Sunnah, explore Islamic history through the Prophet’s Seerah, and inspire a life devoted to pleasing Allah ﷻ for true success in this world and the Hereafter.

08/06/2026

ޙައްޖު ޢުމްރާއިން އެނބުރި އައުމަށްފަހު…

🕋 -އަލްމަދީނާ ޙައްޖު ޢުމްރާ- 🕌‎

📞 ފޯން: 3315657‎
✉️ ވައިބަރ: 7905145‎
📧 އީމެއިލް: [email protected]

ޙައްޖުގެ އަޅުކަމާއި މަދީނާ ދަތުރު.ލިޔުނީ: آدم نشان بن علي آدم المالديفيނޯޓް: މިލިޔުމަކީ 22 ނޮވެމްބަރ 2009 ވީ އާދީއްތަ ދު...
08/06/2026

ޙައްޖުގެ އަޅުކަމާއި މަދީނާ ދަތުރު.

ލިޔުނީ: آدم نشان بن علي آدم المالديفي
ނޯޓް: މިލިޔުމަކީ 22 ނޮވެމްބަރ 2009 ވީ އާދީއްތަ ދުވަހު، މީގެ 17 އަހަރުކުރިން އަޅުގަނޑު މަދީނާގައި ކިޔަވަމުން ދިޔައިރު ލިޔެފައިވާ ލިޔުމެކެވެ.

މިއަދަކީ 1430 ވަނަ އަހަރުގެ ޙައްޖު މަހުގެ ފަސްވަނަ ދުވަހެވެ. ތަނަކީ ދެންމެ މިބަޔާން ކުރި، ކީރިތި ނަބިއްޔާގެ ރަށްކޮޅެވެ. ފިނި މޫސުމް ފެށިފައިވުމާއިއެކު ފަތިސް ނަމާދަށް ދިއުމަށް ގެއިން ނިކުތްއިރު ފުދޭވަރަކަށް ފިނި ގަދައެވެ.

-------
ޙައްޖަކީ އިސްލާމްކަމުގެ ރުކުން ތަކުގެ ތެރެއިން ފަސްވަނަ ރުކުނެވެ. އިސްލާމްދީނުގައި ހިމެނޭ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިންވެސް އެއް އަޅުކަމެވެ. އާދެ ޙައްޖު މަސް ކައިރި ވުމާއި އެކު ދުނިޔޭގެ އެކި ބިތްބިތުން އެތައް މުސްލިމުންނެއް، މިމަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދަތުރު ހަދައިގެން ޙުރުމަތްތެރިވެގެންވާ މައްކާގެ މަތިވެރި ބިމަށް ޖަމާވާން ފަށައެވެ.

ޙައްޖަކީ މައްކާ، މިނާ، ޢަރަފާތު އަދި މުޒްދަލިފާގައި އަދާކުރާ އަޅުކަމެއް ނަމަވެސް، މިމަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ޤަޞްދުކޮށްގެން އަންނަ އެތައް ޙައްޖުވެރިންނެއް، ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރަށަކަށް ހިޖުރަ ކުރައްވައި، އެތަނެއްގައި އިސްލާމީ ދައުލަތެއް ޤާއިމް ކުރެއްވެވި، އަދި އެރަށެއްގައި އެކަލޭގެފާނުގެ މިސްކިތްކޮޅު، އާދެ މަސްޖިދުއް ނަބަވީ ހުރި، މަދީނާ އަށް ޒިޔާރަތްކުރެއެވެ. މިހިސާބަށް އައުމަކީ މިއީ ޙަޔާތުގައި މަދުން ނޫނީ ނުލިބޭނޭ ފަދަ ފުރުޞަތެކެވެ. ކޮންމެކޮންމެ މީހަކަށް ލިބުން ފަސޭހަ ފުރުޞަތެއްވެސް ނޫންމެއެވެ. އެހެންކަމުން ކޮންމެ މީހެއްގެވެސް އެދުމަކީ މިފަދަ ދަތުރެއްގައި އެމީހެއްގެ ހިތް އީމާންތެރިކަމުން އާރޯކޮށްލައި، އެހިތަށް ދިރުން ގެނައުމެވެ.

މަދީނާއަކީ ތޯއެވެ؟ ޙުރުމަތްތެރި ކުރެވިގެންވާ ރަށެކެވެ. އެރަށެއްގައި އީމާންތެރިކަން އަބަދުވެސް ވާނޭ ރަށެކެވެ. އިސްލާމީ އެންމެ ފުރަތަމަ ދައުލަތެވެ. ﷲގެ ނަބިއްޔާއާއި އެނަބިއްޔާއަށް ތަބަޢަވެވަޑައިގެންނެވި މަތިވެރި އެތައް އަޞްޙާބު ބޭކަލުންތަކެއް ދިރިއުޅުއްވި ރަށެކެވެ. ހެޔޮކަމާއި ރަޙްމަތާއި ބަރަކާތުން ފުރިފައިވާ ރަށެކެވެ. މިރަށަށް ޒިޔާރަތް ކުރާ މީހަކު ރަނގަޅަށް ފިކުރުކޮށްލާ ވިސްނާލައިފިނަމަ، އިޙްސާސްވެ ހިތުތެރޭގައި ޞިފަވެގެންދާނީ ކީރިތި ނަބިއްޔާއާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ހޭދަކުރެއްވެވި ދުވަސްތަކުގެ މަތިންނެވެ. މިއަދު އެބޭކަލުން ފެންނަން ނެތްކަމުގައި ވިޔަސް އެބޭކަލުން ހިނގާ ބިނގާ އުޅުއްވައި އެބޭކަލުންގެ ފިޔަވަޅުފުޅުތައް އަޅުއްވައި އުޅުއްވީ ހަމަ މިތަނުގައެވެ.

މިއަދަކީ 1430 ވަނަ އަހަރުގެ ޙައްޖު މަހުގެ ފަސްވަނަ ދުވަހެވެ. ތަނަކީ ދެންމެ މިބަޔާން ކުރި، ކީރިތި ނަބިއްޔާގެ ރަށްކޮޅެވެ. ފިނި މޫސުމް ފެށިފައިވުމާއިއެކު ފަތިސް ނަމާދަށް ދިއުމަށް ގެއިން ނިކުތްއިރު ފުދޭވަރަކަށް ފިނި ގަދައެވެ. އެހެންކަމުން ނަމާދުކޮށްލައިގެން އަވަހަށް ގެއަށް އައީއެވެ. ފިނިވަމުންދާތީ މިދުވަސްކޮޅު އެއްވެސް ގޮތަކަށް ފަންކާއެއް ނުވަތަ އޭސީއެއް ގޭގައި ނުޖެއްސި ކަމުގައި ވިޔަސް ފުދެއެވެ.

މެންދުރު ނަމާދު ވަޤުތުވުމުގެ ކުރިން ތައްޔާރުވެލައިގެން، ނަމާދު ކުރުމަށް މަސްޖިދުއް ނަބަވީއަށް ދާން ނިންމައިގެން ހުރިނަމަވެސް ގެއިން ނިކުތުމާ ދިމާވީ ބަންގިވެސް ހަމަ ގޮވަން ފެށި ގަޑިއާއިއެވެ. އެހެންކަމުން ލަސްނުކޮށް ކާރުގައި މިސްރާބު ޖެހީ މަސްޖިދުއް ނަބަވީއާއި ދިމާލަށެވެ. ދިހަވަރަކަށް މިނެޓް ތެރޭ އެހިސާބަށް ފޯރައިފިއެވެ.

މަދީނާގައި މިއަދު ހުރީ ތެތް ފިނިކަމެކެވެ. ފިނި ހޫނުމިން އުޅޭނީ 25 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ކަމަށް ލަފާކުރެވެއެވެ. އަވިދީފައި ވަނީ ވަރަށް ކުޑަކޮށްކަމުން، އިޙްސާސް ކުރެވެމުންދަނީ ވަރަށް ހިތްގައިމު މާހައުލެކެވެ. މަސްޖިދުއް ނަބަވީގެ ގޯތިތެރެއަށް، ޖެހެމުން އެދިޔަ ފިނި މަޑު ވައިރޯޅިތަކުގެ ސަބަބުން މުޅި ހަށިގަނޑާއި މޫނުމަތި ވަނީ ތާޒާކޮށްލާފައެވެ. ހިތަށްވެރިވެފައިވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. ހިތާހިތް ބުނާ ކަހަލައެވެ. އެއީ އީމާންތެރިކަމުގެ ވައިރޯޅި ތަކެކެވެ.
ކޮންމެއަކަސް ޙައްޖަށް މީހުން އަންނަން ފެށުމާއިއެކުހެން މަދީނާއަށްވެސް ޒިޔާރަތް ކުރަމުންދާ މީހުންގެ ޢަދަދު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީހުން ގިނަކަމުން މަސްޖިދުއް ނަބަވީގެ ކައިރި ހިސާބުތަކުގެ މަގުތައް ފުރި، ޚާއްޞަކޮށް ނަމާދު ވަޤުތުތަށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ދުއްވާ ތަކެއްޗަށްވެސް ދަތުރު ކުރެވޭ ވަރުނުވެއެވެ. މިސްކިތުގެ އެތެރެއާއި ގޯތި ތެރެވެސް އޮންނަނީ ފުރި ބާރުވެފައެވެ. އެހެންނަމަވެސް މިއަދު މީހުންގެ ޢަދަދު ވަނީ ކޮންމެސް ވަރަކަށް މަދުވެފައެވެ. އާދެ އެއީ ޙައްޖުގެ އަޅުކަން ފެށުމަށް ދެދުވަސް ވަރުވެފައިވުމާއިއެކު އެއަޅުކަން އަދާކުރުމަށްޓަކައި ގިނަ ބަޔަކު މައްކާއަށް އެނބުރި ދިއުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އަދިވެސް މީހުން މިސްކިތަށް ވަނުމަށް އެއަންނަ މަންޒަރަކީ ބަލަން ހުންނަ މީހަކު ބަލާ ފޫހި ނުވާނޭ މަންޒަރެކެވެ.

ބޮޑެތި ތަފާތު އެކި މަގުތަކުން ފެށިގެން ކުދި ގޯޅިތަކުން މިސްކިތުގެ ގޯތި ތެރެއަށް ވަދެގެން ގޮސް މިސްކިތުގެ ދޮރުން އެވަންނަ މީހުންގެ މަންޒަރު، މަތިން ބަލާ މީހަކަށް ޞިފަވާނީ ދިގު ސަފެއްގައި އައިސް ހިނި ހޮރަކަށް ހިނިތައް ވަންނަމުންދާ ފަދަ މަންޒަރެކެވެ. އެހެންނަމަވެސް ޢަޖާއިބަކީ ނަމާދު ވަޤުތު ޖެހުމުގެ މާކުރިން ފެށިގެން އެއަންނަމުންދާ މީހުން ނަމާދު ފެށިގެން ގޮސް ނިމިގެން ދާއިރުވެސް މަދު ނުވާކަމެކެވެ. އަދި ހަމައެގޮތަށް އެހުރިހާ މީހުން ވަންނަމުންދާއިރުވެސް މިސްކިތަށް ނުވަދެވޭ ގޮތަށް އެކީ މިސްކިތް ބަންދު ކުރާތަނެއް ނުފެނެއެވެ. ހިތަށް އަރައެވެ. މިހާ ބައިވަރު މުސްލިމުން އޮތް އިރުވެސް މުސްލިމުން މިވަނީ ކިހާ ނިކަމެތި ބައެއް ކަމުގައި ވެފައި ހެއްޔެވެ؟ އާދެ ސަބަބަކީތޯއެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތާ ގިނަ ބަޔަކު ދުރުހެލިވެގެން ދިއުމެވެ.

ކޮންމެއަކަސް މެންދުރު ނަމާދު ޖަމާޢަތުގައި ކޮށް އަވަދިވެގެން ޛިކުރުތަށް ކޮށްނިމި ސުންނަތް ދެރަކުޢަތް ކުރުމަށްފަހު މިސްކިތުން ނިކުތުމަށް ހިނގައިގެންފީމެވެ. މިއަދު މީހުން ފިތިބާރުވުން ވަރަށް ކުޑައެވެ. އެހެން ދުވަސްތަކުގައި ނިކުންނަން އަންނަ އިރު ހިނގަންވެސް ނުޖެހޭކަހަލައެވެ. މީހުންގަނޑުގެ ތެރެއިން ފައިތިލަ ދެމެމުން ދެމެމުން ކަހަލަ ގޮތަކަށް ގޮސް މިސްކިތުން ނިކުމެވެއެވެ.
މިއަދު އެހެން ދުވަސްތަކާއި ޚިލާފަށް ހިތަށް ފުން އަސަރުތަކެއް ކުރުވަނިވި މަންޒަރުތަކެއް ފެނުނެވެ. މިސްކިތުން ނިކުތުމަށް ހިނގާފައި އެއައި އިރު، އެތައް ބަޔަކު އެމީހުންގެ ދެއަތްތައް އުފުލައި ﷲ އަށް ދުޢާ ކުރަމުން ދިޔަތަން ފެނުނެވެ. އެއްވެސް ޙާލެއްގައި މިގޮތަށް މީހުން ދުޢާކުރަން ތިބުމަކީ އާކަމެއް ނޫނެވެ. އެހެންނަމަވެސް މިއަދު ފެނުނު ގިނަ މީހުން ކަހަލަ ގޮތަކަށް ފެނުނީ ދުޢާ ކުރަމުންދިޔަ އިރު އެމީހުންގެ ކޯތާފަތްތައް ކަރުނައިން ތެމި ފޯވެފައި ވަނިކޮށެވެ. އާދެ ވާނީވެސް އެހެންނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެތަނަކަށް މީސްތަކުންގެ ހިތްތަކުގައި ލޯބި ޖެއްސެވުމަށް ދުޢާ ކުރައްވާފައިވާ މިމަދީނާ ދޫކޮށް ދާން ޖެހުމުން ހިތްދަތިކަން އިޙްސާސް ކުރެވޭނެއެވެ. އެމީހުން އެވަނީ މަދީނާ ދަތުރު ނިންމައި މައްކާއަށް ފުރަން ތައްޔާރުވެފައެވެ. ގިނަ މީހުންނަށް އެމީހުންގެ ޙަޔާތުގައި ދެން ހަމަ އެންމެ ފަހަރަކު ނަމަވެސް މިމަތިވެރި ބިމަށް އާދެވޭނޭ ކަމެއް ނޭނގެއެވެ.

ކޮންމެއަކަސް މިސްކިތުން ފޭބިއިރު އެއް ބަޔަކު މިއުޅެނީ، ފުރަން ޖެހޭތީ ހަނދާނަކަށް އެތަނުގައި އެކި މިސްރާބު މިސްރާބަށް އެމީހުންގެ ފޮޓޯ ނެގުމުގައެވެ. ވިސްނާލައްވާށެވެ. އެއްބަޔަކު މިތަން ދޫކޮށް ދާންޖެހޭތީ ﷲ އަށް ދުޢާކޮށް އެމީހުންގެ ލޯތަކުން ކަރުނަ އޮހޮރަމުންދާއިރު އަނެއް ބަޔަކު މިއުޅެނީ އަވަދިނެތި ފޮޓޯ ނެގުމުގައެވެ. މިތަނުން ބުއްދިވެރިންނަކީ ކޮންބައެއްތޯ ކަނޑައަޅާކަށް އަޅުގަނޑު ނެތީމެވެ.

ކޮންމެއަކަސް އަޅުގަނޑުވެސް ޙައްޖަށް ދާން ޤަޞްދުކޮށްފައިވުމާއި އެކު ހޯދަން ބޭނުންވާ ބައެއް ސާމާނު މަސްޖިދުއް ނަބަވީގެ ކައިރީގައި ހުރި ފިހާރަތަކުން ގަނެލައިގެން ދެން މިސްރާބު ޖެހީ ގެއަށް އެނބުރި ދިއުމަށެވެ. ޙައްޖުވެރިން މަދީނާއަށް އަންނަން ފެށުމާއި އެކު ފުރި ބާރުވެފައިވާ ބޮޑެތި މަގުތަކުން މިއަދު ޙައްޖުވެރިން ފެންނަލެއް ވަރަށް މަދެވެ. އެހެންނަމަވެސް މިއަދު އެމަގުތައް ފުރާލާފައިވަނީ އެޙައްޖުވެރިން ގޮވައިގެން މައްކާއަށް މިސްރާބު ޖަހާފައިވާ ބޮޑެތި ބަސްތަކުންނެވެ. އާދެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށް މައްކާގެ މަތިވެރި ބިންފުޅަށް ދިއުމަށެވެ.

(ނޯޓް: މިލިޔުމަކީ 22 ނޮވެމްބަރ 2009 ވީ އާދީއްތަ ދުވަހު، މީގެ 17 އަހަރުކުރިން އަޅުގަނޑު މަދީނާގައި ކިޔަވަމުން ދިޔައިރު ލިޔެފައިވާ ލިޔުމެކެވެ.)

މައްކާއާއި، މަދީނާއާއި، އަދި ޙައްޖުގެ އަޅުކަމުގެ އެންމެ ފުރަތަމަ ފޮޓޯތައް ނެންގެވި ބޭފުޅަކީ މުޙައްމަދު ޞާދިޤް ބޭ އެވެ. މ...
07/06/2026

މައްކާއާއި، މަދީނާއާއި، އަދި ޙައްޖުގެ އަޅުކަމުގެ އެންމެ ފުރަތަމަ ފޮޓޯތައް ނެންގެވި ބޭފުޅަކީ މުޙައްމަދު ޞާދިޤް ބޭ އެވެ. މިޞްރުގެ އަސްކަރީ އިންޖިނޭރެއް އަދި ސަރވޭކުރާ (ބިންބަލާ މިންކުރާ މީހެއްގެ) ގޮތުގައި މަސައްކަތްކުރެއްވި މި ބޭފުޅާއަކީ، މިޞްރުގެ ޙައްޖު ގާފިލާގެ ޚަޒާންދާރުވެސް މެއެވެ. އަދި އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ޙިޖާޒުކަރައަށް ދަތުރުކުރައްވާފައެވެ.

1850ގެ އަހަރުތަކުގައި އެންމެ ފުރަތަމަ އީޖާދުކުރެވުނު އުކުޅެއް ބޭނުންކުރައްވައިގެން، ޞާދިޤް ބޭ އޭނާގެ އެންމެ ފުރަތަމަ ފޮޓޯތައް ނަންގަވާފައިވަނީ 1861 ވަނަ އަހަރު، “ގްލާސް ޕްލޭޓް ނެގެޓިވްސް” (ބިއްލޫރި ފިލާ ބޭނުންކޮށްގެން ހަދާ ނެގެޓިވް) ބޭނުންކޮށްގެންނެވެ. މިއީ ބޮޑެތި ސައިޒުގެ ފްރޭމްތަކަށް ފޮޓޯ ނެގުމަށް ވަރަށް ބޭނުންތެރި އުކުޅެކެވެ. އޭނާ ނަންގަވާފައިވާ ގިނަ ފޮޓޯތަކުގެ ނެގެޓިވްގައި އޭނާގެ ސޮޔާއި ފޮޓޯ ނެގި ތާރީޚު ޖައްސަވާފައި ހުރެއެވެ.

Muhammad Sadiq Bey who was the first person to take photographs of Makkah, Madinah and the Hajj. An Egyptian army engine...
07/06/2026

Muhammad Sadiq Bey who was the first person to take photographs of Makkah, Madinah and the Hajj. An Egyptian army engineer and surveyor, he was also the treasurer of the Egyptian Hajj caravan, travelling numerous times to the Hijaz. Using a technique first invented in the 1850s, Sadiq Bey took his first photographs in 1861 using glass plate negatives, especially useful for large-format frames. His photographs are often signed and dated in the negative.

https://www.facebook.com/share/p/181zCqEWnj/

ޖަމްރާތައް އަދި އެޖަމްރާތަކަށް އައި ބަދަލު:ޖަމްރާތަކަކީ މިނާ ވާދީގައި ހުންނަ ތިން ބިނާއެވެ. މިއީ ޙައްޖުގެ އަޅުކަމުގައި ނ...
31/05/2026

ޖަމްރާތައް އަދި އެޖަމްރާތަކަށް އައި ބަދަލު:

ޖަމްރާތަކަކީ މިނާ ވާދީގައި ހުންނަ ތިން ބިނާއެވެ. މިއީ ޙައްޖުގެ އަޅުކަމުގައި ނަޙްރުގެ ދުވަހާއި (މިދުވަހު ހަމައެކަނި ޖަމްރަތުލް ޢަޤަބާއަށް) އައްޔާމުއް ތަޝްރީޤުގެ 3 ދުވަހު ކޮންމެ ޖަމްރާއަކަށް 7 ހިލަކޮޅު އުކުމަށް ޝަރުޢުވެފައިވާ ތަނެކެވެ.

މި ތިން ފޮޓޯއިން ފެނިގެންދަނީ ގަރުނުތަކުގެ ތެރޭގައި އެ ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ.

30/05/2026

ޙައްޖުގެ މަތިވެރި އަޅުކަން!

عيد مبارك - ޢީދު މުބާރަކް.މި ބަރަކާތްތެރި ޢީދުގެ ތަހުނިޔާ ތިޔަ އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަރިސް ކުރަން...
26/05/2026

عيد مبارك - ޢީދު މުބާރަކް.

މި ބަރަކާތްތެރި ޢީދުގެ ތަހުނިޔާ ތިޔަ އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަރިސް ކުރަން.

الله ތަޢާލާ އަޅަމެން އެންމެންގެ ކިބައިން އެންމެހައި ހެޔޮ ޞާލިޙް ޢަމަލުތައް ޤަބޫލު ކުރައްވާންދޭވެ.

26/05/2026

ޙައްޖުގެ މަތިވެރި އަޅުކަން!

26/05/2026

ޢަރަފާތް (ޙައްޖު) ދުވަހު ވިހާވެސް ގިނައިން ކުރަންވީ ދުޢާ.

26/05/2026

A'rafaaiy Dhuvahuge Dua.

Address

Javaahiru Magu
Male
20276

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Website

Alerts

Be the first to know and let us send you an email when Al Madhinah Hajj & Umrah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category