09/06/2026
ކެޑޭރެ މިސްކިތް
ކެޑޭރެ މިސްކިތަކީ ފުވައްމުލަކުސިޓީގެ ވަރަށް އާސާރީ މިސްކިތެކެވެ. މިމިސްކިތަކީ 1550މ. ވަނަ އަހަރު ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވުމަށްފަހު 1555މ. ވަނަ އަހަރު އާބާދުވިއިރު ބިނާކުރެވުނު މިސްކިތެއް ކަމުގައި ބުނެއުޅެއެވެ.
ކެޑޭރެ މިސްކިތުގެ ޤަބުރުސްތާނުގައި 40 ޙާފިޒުން ފަސްދާނުލެވިފައިވާކަމަށް ބުނެވެއެވެ. އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔާ ކަމުގައި ބުނެވޭ ފުވައްމުލަކު ގަލްއަޑިގެދަރި ދޮންސިއްތީބޫ ފަސްދާނު ވެވިފައިވަނީވެސް މިމިސްކިތު ޤަބުރުސްތާނުގައެވެ.